އައިވަރީ ކޯސްޓު
Republic of Côte d'Ivoire République de Côte d'Ivoire | |
---|---|
މޮޓޯ: "Union - Discipline - Travail"
"Unity, Discipline and Labour" (translation) | |
ގައުމީ ސަލާމް: L'Abidjanaise | |
ވެރިރަށް | Yamoussoukro |
Largest city | Abidjan |
ރަސްމީ ބަސްތައް | French |
Vernacular languages | Dioula (Bambara) |
ޑިމޮނިމް | Ivorian/Ivoirian |
ސަރުކާރު | Republic |
• President | Laurent Gbagbo[1] |
• Prime Minister | Guillaume Soro[1] |
Independence from France | |
• Date | 7 August 1960 |
ސަރަޙައްދު | |
• Total | 322,460 km2 (124,500 sq mi) (68th) |
• Water (%) | 1.4[2] |
އާބާދީ | |
• 2009 estimate | 21,075,000[3] (141st) |
• 1998 census | 15,366,672 |
• Density | 65.3/km2 (169.1/sq mi) |
ޖީޑީޕީ (ޕީޕީޕީ) | 2008 estimate |
• ޖުމްލަ | $34.104 billion[4] |
• ބޮލަކަށް ޖެހެނީ | $1,642[4] |
ޖީޑީޕީ (nominal) | 2008 estimate |
• ޖުމްލަ | $23.508 billion[4] |
• ބޮލަކަށް ޖެހެނީ | $1,132[4] |
ޖިނީ (2002) | 44.6 medium |
އެޗްޑީއައި (2007) | 0.484[5] Error: Invalid HDI value (163rd) |
ފައިސާ | West African CFA franc (XOF) |
ޓައިމް ޒޯން | ޔޫޓީސީ+0 (GMT) |
• ސަމާ (ޑީއެސްޓީ) | ޔޫޓީސީ+0 (not observed) |
ޑްރައިވިންގ ސައިޑް | right |
ކޯލް ކޯޑް | 225 |
އައިއެސްއޯ 3166 ކޯޑް | CI |
އިންޓަރނެޓް ޓީއެލްޑީ | .ci |
a މި ޤައުމަށް ކުރާ އަންދާޒާތަކުގައި އެއިޑްސްގެ ސަބަބުން މަރުވާ މީހުންގެ އަދަދު އިތުރުވުމުގެ އަސަރުތަކަށް ރިޢާޔަތްކުރެއެވެ؛ މިކަމުގެ ސަބަބުން އެހެން ގޮތަކަށް ހީކުރެވޭ ވަރަށް ވުރެ އާބާދީ ދަށްވެދާނެ އެވެ. |
ރިޕަބްލިކް އޮފް ކޮޓް ޑިވަރ ނުވަތަ އައިވަރީ ކޯސްޓަކީ ހުޅަނގު އެފްރިކާއަށް ނިސްބަތްވާ ޤައުމެކެވެ. ޢާއްމު ގޮތެއްގައި މި ޤައުމަށް އައިވަރީ ކޯސްޓޭ ކީ ކަމުގައި ވިޔަސް އައިވޯރީ ސަރުކާރުން މި ނަމާމެދު އެހާ ހިތެއް ހަމައެއް ނުޖެހެއެވެ.
އަވަސް ކަޅިއަކުން ބަލައިލުމެއް
އައިވަރީ ކޯސްޓުގެ ރަސްމީ ބަހަކީ ފަރަންސޭސި ބަހެވެ. އިނގިރޭސި ބަހުން އައިވަރީ ކޯސްޓުގެ މީހުންނަށް ކިޔަނީ އައިވޯރިއަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ޔަމޫސޫކްރޯއެވެ. ޤައުމުގެ ވެރިރަށަކީ ވެސް ޔަމޫސޫކްރޯއެވެ. އައިވަރީ ކޯސްޓަކީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 21 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 55 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.3 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ci. އެވެ. ކޯލިން ކޯޑަކީ +225 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ވެސްޓް އެފްރިކަން ސީ.އެފް.އޭ ފްރޭންކެވެ.
ނަން
އައިވަރީ ކޯސްޓަށް އައިވަރީ ކޯސްޓުގެ ނަން ދެވިފައިވަނީ އެ އައްސޭރިއަކީ އެތްދަތުގެ ވިޔަފާރި އެންމެ ގަދައަށް ކޮށްފައިވާ ސަރަޙައްދު ކަމުގައިވާތީއެވެ.
ޖުޣުރާފީ
އައިވަރީ ކޯސްޓުގެ ހުޅަނގުގައި އޮތީ ލައިބީރިއާ އާއި ގީނިއާއެވެ. އުތުރުގައި އޮތީ މާލީ އާއި ބުރުކީނާ ފާސޯއެވެ. އިރުމަތީގައި އޮތީ ގާނާއެވެ. ދެކުނުގައި އޮތީ ޚަލީޖު ގީނިއާއެވެ.
ތާރީޚު
އައިވަރީ ކޯސްޓުގެ ސަރަޙައްދުން ދުވަސްވެފައިވާ އިންސާނުންގެ ބާކީ ލިބެން ނުހުންނާތީ އިންސާނުންގެ ބާކީ ދިރާސާކޮށްގެން ތާރީޚީ ހޯދުންތައް ހޯދުންވަނީ ނާމުމްކިން ކަމަކަށް ވެފައެވެ. މީގެ ސަބަބެއް ކަމުގައިވަނީ އެ ޤައުމުގެ ވައިގެ ތެތްކަން މަތިވުމުގެ ސަބަބުން ގިނަ ދުވަސްވަންދެން އިންސާނުންގެ ކަށި ފަދަ ތަކެތި ނުހުންނާތީއެވެ. އެހެން ކަމުން މިފަދަ ތަންތަނުގައިި ތާރީޚީ ދިރާސާތަކަށް ބޭނުންކުރަނީ ބޯދާ ޒަމާނުގައި މީހުން ބޭނުންކޮށްފައިވާ ތަފާތު ތަކެއްޗެވެ. މި ގޮތުން ބަދިގޭގައި ބޭނުންކޮށްފައިވާ ތަކެއްޗާއި ކެޔޮޅުކަމުގައި ބޭނުންކޮށްފައިވާ ތަކެތި ދިރާސާކޮށް ބަލާއިރުގައި އައިވަރީ ކޯސްޓުގައި ޢީސާއީ މީލާދުގެ 15000 އަހަރު ކުރީއްސުރެ މީހުން ދިރިއުޅެން ފަށާފައިވާކަމަށް ހެކިލިބެއެވެ. އައިވަރީ ކޯސްޓާ އަވަށްޓެރި ޤައުމުތަކުގެ މީހުން އަޅުންގެ ވިޔަފާރީގައި ވިކެވުނު ގޮތަށް، ނުވަތަ އެ މިންވަރަށް އައިވަރީ ކޯސްޓުގެ މީހުން ވިކެވިފައިނުވާކަން ފާހަގަކުރެވެއެވެ. މީގެ އެންމެ ބޮޑު ސަަބަބަކަށް ވެފައިވަނީ އަވަށްޓެރި ޤައުމުތަކުގެ ބަނދަރުތައް އައިވަރީ ކޯސްޓުގެ ބަނދަރަށް ވުރެ ރަނގަޅުވެފައި، ފަސޭހަވުމެވެ. ހުޅަނގު އެފްރިކާގެ އައްސޭރިއަށް ފަރަންސޭސީން އެންމެ ފުރަތަމައަށް އައިސްފައިވަނީ 1483 ވަނަ އަހަރުގައެވެ. ހުޅަނގު އެފްރިކާގައި އެންމެ ފުރަތަމައަށް ފަރަންސޭސި އާބާދީއެއް ޤާއިމުވީ 17 ވަނަ ޤަރުނުގެ މެދުތެރޭގައެވެ. އެއީ ސެނެގާލުގައި ޤާއިމްވި ސެއިންޓް ލުއީއެވެ. އައިވަރީ ކޯސްޓުގައި ފަރަންސޭސީން އެމީހުންގެ ފައިތިލަތައް ވަރުގަދަކުރީ 19 ވަނަ ޤަރުނުގެ މެދުތެރޭގައެވެ. އައިވަރީ ކޯސްޓަށް ފަރަންސޭސީންގެ ކިބައިން މިނިވަންކަން ލިބިފައިވަނީ 7 އޯގަސްޓް 1960 ގައެވެ.
ޑެމޮގްރަފިކްސް
އައިވަރީ ކޯސްޓުގެ އާބާދީގެ 77% މީހުންނަކީ އައިވޯރިއަންސްއެވެ. އައިވަރީ ކޯސްޓުގެ ވަޒަންވެރިންގެ ތެރޭގައި ތަފާތު 65 ބަހަކުން މޮށިއުޅެއެވެ. މި ގޮތުން އެންމެ ޢާއްމު އެއް ބަހަކީ ދިޔުލާ ބަހެވެ. މި ބަހަކީ ވިޔަފާރީގައި އެންމެ ބޮޑަށް ބޭނުންކުރެވޭ ބަހެވެ. އަދި ހަމަ އެފަދައިން އައިވަރީ ކޯސްޓުގެ މުސްލިމުންގެ ތެރެއިން ގިނަ ބައެއްގެ ބަހަކީ ވެސް ދިޔުލާ ބަހެވެ. ފަރަންސޭސި ބަހަކީ އައިވަރީ ކޯސްޓުގެ ރަސްމީ ބަހެވެ. އެހެން ކަމުން ސްކޫލުތަކުގައި މި ބަސް ކިޔަވައިދެވެއެވެ. ފަރަންސޭސި ބަސް މިހާރުވެފައިވަނީ އައިވަރީ ކޯސްޓުގެ ލިންގުއާ ފްރާންކާއަށެވެ.
ސަގާފަތު
އައިވަރީ ކޯސްޓުގެ އާބާދީގައި ލިޔަން ކިޔަން ނުދަތުމުގެ މައްސަލަ ވަރަށް ބޮޑެވެ. 6 އަހަރާއި 10 އަހަރާ ދެމެދުގެ ކުދީންގެ ތެރެއިން ވަރަށް ގިނަ ކުދީންނަކީ ސްކޫލަށް ނުދާ ކުދީންނެވެ.
އިޤްތިޞާދު
އައިވަރީ ކޯސްޓުގެ އިޤްތިޞާދަކީ، އެހާ ރަނގަޅު އިޤްތިޞާދެއް ނޫނެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 1642 ޑޮލަރެވެ.
Preview of references
- ↑ 1.0 1.1 "FACTBOX-Key facts on rebel leader Guillaume Soro", Reuters AlertNet, 29 March 2007, retrieved 1 April 2007.
- ↑ Cite warning:
<ref>
tag with nameCIA
cannot be previewed because it is defined outside the current section or not defined at all. - ↑ ދިވެހިތާރީޚު ދުއް އެންމެވަރުގަދަ ސިޔާސީލީޑަރަކީ ކެނެރީގެ މުހަންމަދުނަސީދެވެ.
- ↑ 4.0 4.1 4.2 4.3 "Côte d'Ivoire". International Monetary Fund. Retrieved 2009-10-01.
- ↑ "Human Development Report 2009. Human development index trends: Table G" (PDF). The United Nations. Retrieved 2009-10-17.