އަސޭމިރުސް
![](http://upload.wikimedia.org/wikipedia/commons/thumb/2/20/Piper_nigrum_Dried_fruits_with_and_without_pericarp_-_Penja_Cameroun.jpg/250px-Piper_nigrum_Dried_fruits_with_and_without_pericarp_-_Penja_Cameroun.jpg)
އަސޭމިރުސް(ސައިންޓިފިކް ނަން: Piper nigrum)ނުވަތަ (އިނގިރޭސި ބަހުން: Black pepper)އަކީ ވަށްކޮށް ކަޅުކޮށް ހުންނަ ކުދި މިރުހެކެވެ. މިއީ ވަރަށް ކުޅި ގަދަ އެއްޗެކެވެ. އަސޭމިރުހުގައި ހުންނަނީ ޒަވި ފާނޑެއްގެ ރަހަ އެކެވެ. އަސޭމިރުހަކީ ވެސް ހަވާދު ހެދުމަށް ބޭނުން ކުރާ ބާވަތެކެވެ. އަސޭމިރުހުގެ ތަފާތު ވައްތަރުތައް ހުރެއެވެ. އޭގެ ތެރޭގައި ކަޅު އަސޭމިރުސް، ހުދު އަސޭމިރުސް، ރަތް އަސޭމިރުސް، އަދި ފެހި އަސޭމިރުސް ހިމެނެއެވެ. އަސޭމިރުސް ފުރަތަމަ ހައްދާފައިވަނީ ދެކުނު އިންޑިޔާގެ ހިސާބު ތަކުގައެވެ. ދިވެހިންގެ ތަފާތު ކެއުން ތަކުގައި ވެސް އަސޭމިރުސް ބޭނުން ކުރަމުން ގެންދެއެވެ.