ދިވެހި
ދިވެހި (މަހަލް) Divehi | |
ވާހަކަދައްކާތަން: | ދިވެހިރާއްޖެ އާއި މަލިކު، ހިންދުސްތާން ގައި |
ވާހަކަދައްކާ ސަރަހައްދު: | ދެކުނު އޭޝިޔާ |
ވާހަކަދައްކާ މީހުންގެ އަދަދު: | 3 ލައްކަ ދޭސީން |
ބަސް ނިސްބަތްވާ އާއިލާ: | ހުޅަނގު - ހިންދުސްތާނީ ހިންދު - އީރާނީ ހިންދު - އާރީ ދިވެހި (މަހަލް) |
ލިޔުމުގެ ނިޒާމު: | ތާނަ އަކުރު |
ރަސްމީ ހައިސިއްޔަތު | |
ރަސްމީބަސް: | ދިވެހިރާއްޖޭ ގައި |
ގަވައިދު އެކަށައަޅަނީ: | ވަކި އިދާރާއަކުން ނޫން |
ބަހުގެ ކޯޑުތައް | |
ISO_639-1 | dv |
ISO_639-2 | div |
ISO_639-3 | div |
ދިވެހިބަހަކީ ދިވެހިރާއްޖޭގެ ރަސްމީ ބަހެވެ. މި ބަހުން ވާހަކަ ދައްކައި އުޅެނީ ދިވެހިރާއްޖޭގެ އަހުލުވެރިންގެ އިތުރުން ހިންދުސްތާނުގެ މަލިކު ގެ އަހުލުވެރިންނެވެ. އެބައިމީހުން ވާހަކަ ދައްކައި އުޅެނީ ދިވެހިބަހުގެ މަހަލް ބަހުރުވައެވެ. ބަހާބެހޭ މާހިރުން ދިވެހިބަސް ހިމަނުއްވައިފައިވަނީ އިންޑޯ އާރިޔަން ބަސްތަކުގެ ތެރޭގަ އެވެ. ދިވެހި ބަހުގެ މަތިކޮޅުގައި އެންމެ ކުރީޒަމާނުގައި އޮތް މައި ބަސް " ޕުރޯޓޯ- އިންޑޯ- ޔޫރަޕިއަން" ބަހުން ވާހަކަދައްކާ އުލުނު ބަޔަކު ދެބަޔަކަށް ބެހިގެން، އެއްބަޔަކު ހުޅަނގުގެ ރަށްރަށަށް އަނެއްބަޔަކު އިރުމަތީ ރަށްރަށަށް ގޮސް އެތަންތާނގައި ރަށްވެހިވީ އެވެ. މި މީހުން ވާހަކަދައްކާ އުޅުނު ބަސް ބަދަލުވެ ތަރައްޤީވެ ވަކި ބަސް ބަހަށްވީ އެތައް ވޭލާއެއްގެ ނުވަތަ ޒަމާނެއްގެ ތެރޭގަ އެވެ. އިރުމައްޗަށް އައި މައިގަނޑު ބަހަކީ އިންޑޯ- އިރޭނިއަން ބަހެވެ. މި ބަސް ކަފިވީ އިރޭނިއަން ބަހަށާއި، އިންޑޯ އާރިއަން )ސާންސްކިރިތު (ބަހަށެވެ. މިދެންނެވި ސާންސްކިރިތުގެ ހުޅަނގާއި، ހުޅަނގު ދެކުނުގެ ބައިގައިވަނީ ގުޖަރާތީ މަރާޓީ ކޮންކަނީ، ދިވެހި، ސިންހަޅަ، މި ބަސްބަހެވެ، ވީމާ، މިބަސް ތަކުގައި ބޭނުންކުރާ ލަފުޒުތަކާއި،ޤަވާއިދާއި އަދި ބަހުގެ އަދަބުތަކުގައި ތިމާގެކަންހުރެ އެވެ. ހުޅަނގަށް ގޮސްފައިވާ ގޮފީގެ ބަސްތަކާއި، އަލުގަނޑުމެންގެ އިންޑިކު ނުވަތަ ސާންސްކިރިތުން އުފެދިފައިވާ ބަސްތަކާއި ވަރަށް ތަފާތެވެ. އިނގިރާސި ބަހަކީ މިދެންނެވި ހުޅަނގަށް ގޮސްފައިވާ ގޮފީގެ އަލްމާނީ ބަހެކެވެ.
ދިވެހިބަހަށް ބަލާއިރު, ބޭރުބަސްބަހުގެ އެތައް ލަފުޒެއް އަލުގަނޑުމެންގެ ބަހާބެހީގައި އެކުލެވިފައިވެ އެވެ. މިހެން ދިމާވާންވި އެތައް ސަބަބުތަކެއްވެ އެވެ. އެންމެފުރަތަމަ ފާހަގަކުރަންޖެހޭ ސަބަބަކަށް ވަނީ، ހިންދު ކަނޑުގައި ދިވެހިރާއްޖެ އޮންނަ މަގާމެވެ. އާދެ! ވިޔަފާރިކުރާ ނާފަހަރު ދަތުރުފަތުރުކޮށް އުޅުނު ހުރިހާ މަގުތަކުގެ މެދުތެރޭގަ އެވެ. ތާރީޚަށް ބަލާއިރު ވެސް އެމީހުންގެ ބާރުގެ ދަށަށް ދިވެހިރާއްޖެ ގެންނަން މަސައްކަތްކަތްކުރި މީހުން ރާއްޖެ އަތުލަން ބޭނުންވެފައިވަނީ ޖޯގްރަފީ ގޮތުން ރާއްޖެ އޮތް މުހިންމު މަޤާމަށްޓަކަ އެވެ. އިހުޒަމާނުގެ ކަނޑު ދަތުރުވެރިންނަށް ހިންދު ކަނޑު ރަނގަޅަށް ދަސްވެފައިވާނަމަ، މޫސުން ނުބައިވެގެން، ނުވަތަ ކާބޯތަކެއްޗާއި ފެންލުމަށް މަޑުކޮށްލުމަން އެންމެ އެކަށީގެންވާ ހިސާބެއްގައިވަނީ ދިވެހިރާއްޖެ އެވެ. މި މަގުތައް ރަނގަޅަށް ނޭނގޭ ބަޔަކަށްނަމަ ނާފަހަރު އުރި ހަލާކުވުން ވެސް އެންމެ އެކަށީގެންވަނީ ހަމަ މި ހިސާބުގަ އެވެ. ވީމާ، ބޭނުމެއް ޖެހިގެން ނުވަތަ މަޖުބޫރުވެގެން ނަމަވެސް ދިވެހިރާއްޖެ އަށް އައިސް، ދުވަސްތަކެއް ހޭދަކުރަންޖެހުނު މީހުން އެކި ރަށްރަށުން ދިވެހިރާއްޖެ އަށް އައިސްފައިވެ އެވެ. މިފަދަ ވަރަށް ގިނަފަރާތްތަކުން ދިވެހިބަހަށް މުއްސަނދިކަން ލިބުނެވެ.
ބަހުގެ ތަރަހަ
ދިވެހި ބަަކީ އިންޑޯ އާރިޔަން އަށް ނިސްބަތްވާ ބަހެކެވެ. ދިވެހި ބަހާއި ސިންގަޅަ ބަސް ވެސް ނިސްބަތް ވަނީ އެއް އަސްލަކަށެވެ. ނަމަވެސް މި ދެބަހުން މުއާމަލާތު ކުރާއިރު އެއް ބަހަކަށް އަނެއް ބަހެއް އޮޅުމެއް ނުފިލައެވެ.
ކުރިން ގަބޫލުކުރެވިފައިވާ ގޮތުގައި ދިވެހި ބަހަކީ ސިންގަޅަ ބަހުގެ ގޮތްޕެކެވެ. ނަމަވެސް ދިވެހި ބަހާއި ސިންގަޅަބަހަކީ މައި އެއް ބަހަކުން ކަފިވެފައިވާ ދެ ބަސް ކަމަށް 1969 ގައި ޑިސިލްވާ ބަޔާންކުރައްވާފައި ވެއެވެ. އަދި މި ދެބަހުގެ ތަފްސީލް ދިރާސާއަކަށް ފަހު އެސް. ފްރިޒް ވެސް ޑިސިލްވާގެ ނިންމުމަށް ތާއިދު ކުރެއްވި އެވެ. މީގެ އިތުރުން ޑިސިލްވާގެ މި ނިންމުމަކީ މަހަވަމްސާގައި ވާ ވަލީއަހްދު ވިޖަޔާގެ ވާހަކަ ތެދުކަމަށް ބާރު ލިބޭ ހެއްކެކެވެ.
ސިލްސިލާ ލިޔުންތަކުގެ ބައި |
ޅަފަތުގެ ދައުރު |
ފިރުކެންފެށި ދައުރު |
ނައިބު ތުއްތު/ޖަމާލުއްދީން |
ހިނގައި ގަނެވުނުދައުރު |
މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު |
ޑިސިލްވާގެ ހޯއްދެވުން
ދިވެހިބަހުގެ ތާރީޚާއި އޮނިގަނޑުގައިވާ ކަމަށް ފާހަގަ ކުރެވޭ ބައެއް ކަންތައް، އެމް.ޑަބްލިޔޫ. ސުގަތަޕާލާ ޑިސިލްވާ ބަޔާން ކުރައްވާފައިވެއެވެ. ޑިސިލްވާ ވިދާޅުވެފައިވާ ގޮތުގައި، ދެކުނު އޭޝިޔާގެ އެހެން ބަސްތަކުން ނުފެންނަ، ދިވެހިބަހަށް ޚާއްޞަ ބައެއް ކަންތައް އެބަހުއްޓެވެ. އޭނާ ފާހަގަ ކުރައްވާފައިވާ އެއްކަމަކީ، ނަފީ ކުރުމުގައި ޒަމާނާއި ނަފީ ކުރުމުގެ އަކުރު ގުޅިފައިވާ ކަމެވެ. އޭނާ ހިމެނުއްވި ބައެއް މިސާލަކީ:-
1. އޭނާ ކެއީ - އޭނައެއް ނުކައި
2. އޭނާ ކަނީ - އޭނައެއް ނުކައި / އޭނާ ކަނީއެއް ނޫން
ބަސް ބެހިފައިވާ ގޮތް
ބަހުރުވަތައް
- ރަސްމީ ބަސް
ރަސްމީ ބަސް ކަމުގައި ގަބޫލުރަނީ ވެރިރަށް މާލޭގައި ވާހަކަދައްކާ ބަހެވެ. މާލެއާއި މާލޭން އުތުރުގެ ހުރިހައި ސަރަހައްދެއްގައި ވާހަކަ ދައްކަނީ އެއް ބަހަކުންނެވެ. ދެކުނުގެ އަތޮޅުތަކުގައި ވާހަކަ ދައްކާ ބަސްތަކާއި ރަސްމީ ބަހާ ތަފާތުތަކެއް ހުރެއެވެ. އެބަސްތަކަކީ:
- ހުވަދޫ ބަސް
- ފުވައްމުލަކު ބަސް
- އައްޑޫ ބަސް
ލިޔުން
އަޑުތައް
ބަހުގެ ގަވައިދު
ފްރަންޓް | ސެންޓްެަރަލް | ބެކް | ||||
---|---|---|---|---|---|---|
ކުރު | ދިގު | ކުރު | ދިގު | ކުރު | ދިގު | |
ކްލޯޒް | /i/
</noinclude> ި |
/iː/
</noinclude> ީ |
/u/
</noinclude> ު |
/uː/
</noinclude> ޫ | ||
މިޑް | /e/
</noinclude> ެ |
/eː/
</noinclude> ޭ |
/o/
</noinclude> ޮ |
/oː/
</noinclude> ޯ | ||
އޯޕަން | (æ)
</noinclude>ަތް |
(æː)
</noinclude>ައި |
/a/
</noinclude> ަ |
/aː/
</noinclude> ާ |