ލޮލު ރޯގާ

ލޮލު ރޯގާ (އިނގިރޭސި ބަހުން: Conjunctivitis)އަކީ ލޮލަށް ޖެހޭ ބައްޔެކެވެ. މިބަލި ޖެހުމުން ލޯރަތްވުން، ލޮލުން ފެންފޭބުން، އަދި ލޮލުގައި މަޑުލުން ކުރިމަތި ކުރުވައެވެ. ލޮލުރޯގާގެ ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ.
ސަބަބުތައް
ލޮލު ރޯގާ ޖެހެން މެދުވެރިވާ ވަރަށް ގިނަ ސަބަބުތައް ހުރެއެވެ. އޭގެ ތެރޭގައި : -
- ވައިރަސް އިންފެކްޝަންގެ ސަބަބުން ލޮލުރޯގާ ޖެހުން
- ބެކްޓީރިޔަލް އިންފެކްޝަންގެ ސަބަބުން ލޮލު ރޯގާ ޖެހުން
- ނުގުޅޭ އަސަރެއް ކުރިމަތިވެގެން ލޮލު ރޯގާ ޖެހުން