ގުރުތާ
ގުރުތާ | |
---|---|
![]() | |
1. Renal pyramid 2. Efferent artery 3. Renal artery 4. Renal vein 5. Renal hilum 6. Renal pelvis 7. Ureter 8. Minor calyx 9. Renal capsule 10. Inferior renal capsule 11. Superior renal capsule 12. Afferent vein 13. Nephron 14. Minor calyx 15. Major calyx 16. Renal papilla 17. Renal column | |
Gray's | subject #254 1225 |
Artery | Superior vesical artery, Vaginal artery |
Precursor | Ureteric bud |
MeSH | Ureter |
Dorlands/Elsevier | u_03/12838140 |
ގުރުތާ ނުވަތަ (އިނގިރޭސި ބަހުން: Ureters) އަކީ ގުރުދާ އިން މަސާނާ އަށް ކުޑަކަމުދާ ތަކެތި ގެންގޮސްދޭ ހޮޅި އެވެ. ގުރުދާގައި އުފައްދާ ކުޑަކަމުދާ ތަކެތި ހަށިގަނޑުން ބޭރުކުރަން ވަންދެން ރައްކާކޮށްފައި ބެހެއްޓުމަށްޓަކައި ގުރުދާ އިން މަސާނާ އަށް ވާޞިލްވަނީ މިހޮޅި ހުރަސް ކޮށެވެ. ކޮންމެ ގުރުތާ ނުވަތަ ޔުރެޓަރ އެއްގެ ދިގުމިނުގައި 250-200 މިލިމީޓަރާއި ދެމެދުގެ މިންވަރެއް ހުރެއެވެ. އެއީ 10-8 އިންޗިއާއި ދެމެދުގެ މިންވަރެކެވެ. ނުވަތަ 30-25ސމ ގެ މިންވަރެކެވެ. މަސާނާގެ ފާރު ތަކުގައިވާ މަޑު މަސްތަކުގެ ޓިޝޫތައް ކުޑަކަމުދާ ތަކެތި ބޭރުވުމަށް ބާރުއަޅައެވެ. ކޮންމެ 50 ނުވަތަ 60 ގަޑިއިރަކުން ވަރަށް ކުޑަ މިންވަރެއްގެ ވިހަ މާއްދާތައް ޔުރެޓަރ އިން މަސާނާ އަށް އެޅެއެވެ.
ހިސްޓޮލޮޖީ
ގުރުތާގެ ވަށަމިނުގައި 3-10 މިލިމީޓަރު އާއި ދެމެދުގެ މިންވަރެއް ހުރެއެވެ. ގުރުތާގެ ހޮޅި އެތެރެއިން އިންނަނީ ތަރިއެއްގެ ބައްޓަމަށް ވާގޮތަށެވެ. ގުރުތާގެ ފާރުގައި މަޑު މަސް ގެ ދެފަށަލަ ވެއެވެ. އެތެރެއިން ލެވިފައިވާ މަޑު މަހުގެ ފަށަލަ އެތުރިފައި ހުންނަނީ ދިގަށެވެ. ބޭރު މަޑު މަހުގެ ފަށަލަ އެތުރިފައިހުންނަނީ ވަށްކޮށެވެ.
ގުރުތާ ތިރިއަށް ފައިބައި އިންނަނީ ގޯނަޑަލް ލޭހޮޅިތަކުގެ ފުރަގަހުން އިލިއޮޕްސޯސް މަސްގަނޑު ކުރިމަތިންނެވެ. އެއަށްފަހު ކޮމަން އިލިއެކް އާޓަރީ، ކޮމަން އިލިއެކް ވެއިން ހުރަސްކޮށް ތިރިއަށް ގޮސް ޅިނދުގެ ތެރެއަށް ފައިބައެވެ.
ބަލިތައް
ގުރުތާ އަށް ޖެހޭ ބައެއް ބަލިތަކުގެ ތެރޭގައި އަންނަނިވި ބަލިތައް ހިމެނެއެވެ.
- ގުރުތާ ކެންސަރު
- ގުރުތާގައި ހިލަ ހަރުލުން
- ގުރުތާ ބޮޑުވުން
- ގުރުތާ ގައި ފެންޖަމާވުން
އިތުރު ފޮޓޯތައް
-
މަސާނާ
-
ގުރުދާ އިން ކުރިމަތިން ވާގޮތަށް ހެދިފައިވާ ސެކްޝަނެއް
-
ގުރުތާގެ ފާރު މައިކްރޮސްކޯޕުން ފެންނަގޮތް..
-
Transverse section of human embryo eight and a half to nine weeks old.
-
Tail end of human embryo thirty-two to thirty-three days old.
-
The posterior surfaces of the kidneys, showing areas of relation to the parietes.
-
ގުރުދާ ދިގަށް ކަނޑާލުމުން ފެންނަ ގޮތް
-
ގުރުތާ ހުރަހަށް ކަނޑާލުމުން ފެންނަގޮތް.
-
މަސާނާގެ އެތެރެ.
-
މަނި ގޮށް އަދި މަސާނާގެ ފަންޑަސް.
-
ފިރިހެނާގެ ޅިނދު ހުރި ހިސާބުން އަރިމަތިން ހަދާފައިވާ ސެކްޝަނެއް.