ޕެރަސިމްޕަތެޓިކް ނާރވަސް ސިސްޓަމް
![](http://upload.wikimedia.org/wikipedia/commons/thumb/f/f7/Gray839.png/360px-Gray839.png)
ނޫ = ޕެރަސިމްޕަތެޓިކް ނާރވަސް ސިސްޓަމް
ރަތް = ސިމްޕަތެޓިކް ނާރވަސް ސިސްޓަމް
ޕެރަސިމްޕަތެޓިކް ނާރވަސް ސިސްޓަމް ނުވަތަ (އިނގިރޭސި ބަހުން: Parasympathetic nervous system) އަކީ އުޓޮނޮމިކް ނާރވަސް ސިސްޓަމްގެ ބައެކެވެ. ޢާންމު ގޮތެއްގައި ސިމްޕަތެޓިކް ނާރވަސް ސިސްޓަމް އަދި ޕެރަސިމްޕަތެޓިކް ނާރވަސް ސިސްޓަމް މަސައްކަތްކުރަނީ އެކަތި އަނެކައްޗާއި އިދިކޮޅު މަސައްކަތްތަކެވެ. ނަމަވެސް މިގޮތަށް މަސައްކަތްކުރަނީ ގުޅިފައިވާ ދެބައިގެ ގޮތުގައެވެ. މާނައަކީ އެއްބައިން ވަކިކަމެއް މަތިކުރާއިރު އަނެއްބައިން އެކަމެއް ދަށްކޮށްދެއެވެ. މިސާލަކަށް އެއްނިޒާމަކުން ލޭހޮޅިތައް ފުޅާކޮށްލާއިރު އަނެއް ނިޒާމަކުން ލޭހޮޅިތައް ހަނިކޮށް ފިއްތާލައި ދިނުން ފަދަ ކަންތައްތައް ފުރިހަމަކޮށްދެއެވެ.
ޢާންމު ގޮތެއްގައި ސިމްޕަތެޓިކް ނާރވަސް ސިސްޓަމް މަސައްކަތްކުރަނީ އަވަސް އިޖާބައެއް ބޭނުންވާ ފަދަ ކަންކަމާއި ގުޅިގެންނެވެ. ނަމަވެސް ޕެރަސިމްޕަތެޓިކް ނާރވަސް ސިސްޓަމް މަސައްކަތްކުރަނީ ކޮންމެހެން އަަވަސް އިޖާބައެއް ބޭނުންނުވާ ކަންކަމާއި ގުޅިގެންނެވެ.